މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ 7:26 އެހާކަންހާއިރު ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު (41އ) އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައިކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެކަން ދެނެގަނެވުމާ އެކު އެ އިދާރާގެ ބެލުމުގެ ދަށަށް އޭނާ ގެެންގޮސްފައިވާ ކަމުގަ އެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ލިބިފައިނުވާ ކަން ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *