ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ސަރުކާރު ވޯޓުން ބަލި ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ފ. އަތޮޅު މަގޫދޫ އެއާޕޯޓު މަޝްރޫއު ހުއްޓިފައި އޮތުމުން އެކަމާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ، ވޯޓުން ރައީސް މުއިއްޒު ބަލި ކުރައްވައި އިންސާފާއި ތަރައްގީ އަލުން ހޯދައިދެއްވާނެ ކަމަށެވެ.
"އިރާދަފުޅުން އަޅުގަނޑުމެން މި ސަރުކާރު ވޯޓު ފޮށިން ބަލި ކުރާނަން. އަދި އިންސާފާއި ތަރައްޤީ އަލުން އަނބުރާ ހޯދާނަން." ޝާހިދު ވިދާޅުވިއެެވެ.
ޝާހިދު ވިދާޅުވީ، ނަތީޖާ ނެރެންވާނީ ސިޔާސީ ގޮތުން ތަފާތު ޚިޔާލުގެ މީހުންނާ ވެސް އެކުގައި ކަމަށެވެ. ނަތީޖާ ނެރެންވާނީ ތަފާތު ޚިޔާލުގެ މީހުން ކަސްތޮޅު އަޅުވައިގެން ނޫން ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުން ޖަލު ބަންދު ކޮށްގެން ނޫން ކަމަށެވެ. އަދި އެފަދަ މީހުން ވަޒީފާއިން ވަކިކޮށްގެން ނޫން ކަމަށެވެ.
"ޖަމާޢީ ތާޢީދު ދަށްވުމުން ތަރައްޤީއިން ރައްޔިތުން ބާކީ ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ." ޝާހިދު ވިދާޅުވި އެވެ. ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ މައްސަލައިގައި ޝާހިދު ވިދާޅުވީ، އެ ރަށަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށެވެ. ނަމަވެސް އެއީ އެ ރަށުގައި އަޅަންފެށި ތަރައްގީގެ އެ މަޝްރޫއު ހުއްޓާލަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.