ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކޮށްލެވޭ، ތަފާތު ވިލެޖްތަކުގެ ތެރެއިން އަޅުގަނޑުމެންގެ އަވައްޓެރި އިންޑިޔާގެ، ޑާވަލް މަލިކް އާއި ޝަނީ ޝިންގާޕޫރަކީ ފާހަގަ ކޮށްލެވޭ ދެ ވިލެޖެވެ.
ތަރައްގީވެފައިވާ ދުނިޔޭގެ އެކި ގައުމުތަކުގައި، ކުޑަދޮރުންނާއި ފެންލައިޓުން ވަދެގެން ގޭގެއިން ވައްކަން ކުރުމުގެ އިތުރުން ސްކޭމް ކޮށްގެންނާ އެކި ގޮތްތުން ބޭންކް އެކައުންޓް ތަކުގައި ހުރި ފައިސާ ކޮޅުވެސް ވަގަށް ނަގަމުންދެއެވެ.
ނަމަވެސް އިންޑިޔާގެ ޑާވަލް މަލިކް އާއި ޝަނީ ޝިންގާޕޫރަކީ އުޅޭ މީހުންނަކީ ވައްކަން އެއީ ކިހިނެއްކުރާ ކަމެއްކަން އެނގޭވަރުގެ ބައެއްވެސް ނޫނެވެ. އެއީ އެ ތަންތަން ތަރައްގީ ނުވާތީއެއް ނޫނެވެ.
އެ ތަންތަނުގައިވެސް ބޭންކުތަކާއި ފިހާރަތަކާއި ރަނގަޅު ފެންވަރުގައި ހަދާފައިވާ އިމާރާތްތަކާއި، ޒަމާނީ ވަސީލަތްތަކާއެކު މީހުން ދިރުއުޅޭ ގެތައްވެސް ހިމެނެއެވެ. އެގޮތުން އެ ދެ ވިލެޖަކީވެސް އެތައްހާސް ބަޔަކު ދިރިއުޅެމުން ވިލެޖް ތަކެކެވެ.
ނަމަވެސް ތަފާތަކީ އެ ތަންތަނުގެ އެއްވެސް އިމާރާތެއްގެ ދޮރުގައި ދޮރު ފަތް ހަރުކޮށްފައި ނުހުންނަ ކަމެވެ. އިމާރާތްތައް ކުރަހާ ހަދާއިރުވެސް ދޮރުލާން ހިމަނާފައިވެސް ނުހުންނަނީއެވެ. މީހުން ދިރިއުޅޭ ގޭގެ އާއި ފިހާރަތަކުގެ އިތުރުން ބޭންކު ތަކަށް ދާންދެން އެ ވިލެޖްތަކުގައި ދޮރެއް ނުހުރެއެވެ.
ޑާވަލް މަލިކް:
ސޫފީން ދިރިއުޅޭ މި ވިލެޖްގެ މީހުން ބުނާ ގޮތުގައި، އެމީހުންނަކީ މުސްލިމުންނެވެ. އެމީހުން ބުނާގޮތުގައި މީހުން ދިރިއުޅޭތާ 800 އަހަރަށްވުރެން ގިނަ އަހަރު ވެފައިވާ އެ ވިލެޖަކީ ފެށުނީއްސުރެވެސް ދޮރު ނުލައި އިމާރާތް ކުރާ ވިލެޖެއެވެ.
އާއްމުކޮށް އިންޑިޔާގެ ވިލެޖް ތަކަކީ ވައްކަމާއި ރޭޕް ކުރުމާއި އެކިއެކި ކުށްތަކަށް އިންތިހާއަށް އަރައިގަންނަމުންދާ ކުށްގިނަ ތަންތަން ނަމަވެސް، މި ދެ ވިލެޖްގައި ކުށުގެ އެފަދަ އެއްވެސް އަމަލެއް ނުހިނގައެއެވެ.
"ޑާވަލް މަލިކް" ގެ މީހުން ގަބޫލު ކުރަނީ އެމީހުން ތަބާވާ، ހަޒްރަތު ދާވަލް މަލިކްގެ ދަރުގާއިން މުޅި ވިލެއްޖަށް ފާރަވެރިވާ ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކަށް ކުށަށް އަރައިގަންނާކަށް ނުކެރެއެވެ.
އެތައް ދީންތަކެއް ގަބޫލުކުރާ ގައުމެއްގެ ގޮތުގައި އިންޑިޔާ ހިމެނޭއިރު، ޑާވަލް މަލިކް ގައި ދިރިއުޅޭ ތަފާތު ދީންތަކުގެ އެންމެން އަޅުކަން ކުރުމަށް ބޭނުން ކުރަނީ އެ ވިލެޖްގައި ހިމެނޭ ދަރުގާއެވެ.
ޝަނީ ޝިގްނާ ޕޫރު:
މި ވިލެޖުގެ އެއްވެސް އިމާރާތަކުވެސް ދޮރެއް ނުހުރެއެވެ. އެންމެ ޕްރައިވެޓް ކޮޓަރީގައިވެސް ނިވާކޮައްލަން ހުންނަނީ ދޮރުފޮތިގަނޑެކެވެ.
އެ ވިލެޖުގެ މީހުން ބުނީ، މީގެ 350 އަހަރު ކުރިން ފެށިގެންވެސް އެ ވިލެޖަކީ އެގޮތަށް މީހުން ދިރިއުޅެމުން އަންނަ ވިލެޖެއް ކަމަށެވެ.
އެ ތަންތަނުގެ ސަލާމަތީ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ އޮތް ފުލުހުންގެ އިދާރާތަކުން ބުނެފައިވަނީ، ވައްކަމުގެ އެއްްވެސް މައްސަލައެއް ލިބެމުން ނުދާއިރު އެހެނިހެން ކުއްތަކަށް އަރައި ގަތުމެއްވެސް އެތަންތަނަކު ނޯންނަ ކަމަށެވެ. އެހެންކަމުން އެ ވިލެޖްތަކުގައި ޑިއުޓީ ކުރަނީ ހިތްހަމަޖެހުމާއެކު ކަމަށެވެ.
އެކަންކަމާއި ގުޅިގެން އެތަންތަން ވަނީ ދުނިޔޭގެ ފަތުރުވެއިންގެ ސަމާލުކަމަށް އައިސްފައެވެ. އަހަރަކު އެތައްހާސް ފަތުރުވެރިންނެއް އެތަންތަނަށް ޒިޔާރަތް ކުރެއެ.