ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓުމެންޓުން ޅެން ފަރުވާ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓުމެންޓުން ޅެން ފަރުވާ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއާއެކު ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފުލުހުން މިއަދު ބުނީ މި އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑަައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި އެ ވުޒާރާގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި ވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *