އަލީ ވަހީދުގެ ކޯޗު ކަމުގައި ސައުތު ލަންޑަން ވިމްބަލްޑަން ކަޕްގެ ފައިނަލަށް ހިނގައްޖެ

އަލީ ވަހީދުގެ ކޯޗު ކަމުގައި ސައުތު ލަންޑަން ވިމްބަލްޑަން ކަޕްގެ ފައިނަލަށް ހިނގައްޖެ

އިއްޔެ ލަންޑަނުގައި ކުޅެވުނު ވާދަވެރި ސެމީ ފައިނަލު މެޗުގައި ވަޑްހަމް ކޮލެޖު ބަލިކޮށް ރާއްޖޭގެ ފުރަތަމަ އިނގިރޭސި ޔޫއެފާބީ ކޯޗު އަލީ ވަހީދު (ބަލަކް) ކޯޗުކަން ކުރަމުންދާ އޭއެފްސީ ސައުތު ލަންޑަން، ވިމްބަލްޑަން ސެންޗެނަރީ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗު ފަށައިގެން ފުރަތަމަ ލީޑު ނެގީ ބަލަކްގެ އޭއެފްސީ އިންނެވެ. އިވާން ވްލަސެންކޯ ވިހި ވަނަ މިނިޓުގައި ޖެހި ގޯލަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޑްހަމްއިންވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ފަހު ހާފު ފަށައިގެން އޭއެފްސީގެ ފޯވަޑް ލައިންގެ ދެކުޅުންތެރިންނަށް އަނިޔާވެ މެޗުގެ ބޮޑުބައި ޑިފެންސިވް ގޭމެއް ކުޅުނު އޭއެފްސީގެ ދެވަނަ ލަނޑުޖަހައިދިނީ ޔެކީނީއެވެ. މިލަނޑާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ ފަހު މިނިޓްގައި ވަޑްހަމްއިން އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗް އިތުރު ވަގުތަށް ދަންމާލިއެވެ. 90 މިނިޓް ހަމަވެ އިތުރު ވަގުތުގެ 30 މިނިޓް ނިމުނުއިރުވެސް 2-2 ގައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އޭއެފްސީ އިން ފޮނުވާލި 5 ޕެނަލްޓީ ކާމިޔާބު ކުރިއިރު، ވަޑްހަމްގެ ޕެނެލްޓީއެއް އޭއެފްސީގެ ކީޕަރު އަދި ކެޕްޓަން އިއަން ޗިންޑްރިސް ވަނީ ހުށިޔާރު ކަމާއެއްކޮށް ދިފާޢުކޮށްފައެވެ.

އިނގިރޭސި ގްރާސްރޫޓްސް ބޮބް ޑިކްސަން ލީގު 1 ގެ ޗެމްޕިއަންކަން މިސީޒަނުގައި ހޯދައިފައިވާ ބަލަކްގެ އޭއެފްސީ ފައިނަލުގައި ނިކުންނާނީ އިއްޔެ 2-1 ޖަންޝަން އެލީޓް ޝެމްރޮކްސް ބަލިކޮށް ފައިނަލަށް ދިޔަ ވިމްބަލްޑަން ސްޕޯޓިންގ ކްލަބާ ދެކޮޅަށެވެ. ފައިނަލް މެޗް އޮންނާނީ މެއި މަހުގެ 10 ވަނަ ދުވަހު ލަންޑަންގެ ކާޝަލްޓަން ސްޓޭޑިއަމްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *