ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީ ހުޅުވައިފި އެވެ.
މިއީ ދިއްދޫ ކައުންސިލުން ކުރިއަށްގެންދާ ވިޔަފާރި މަޝްރޫއުއެކެވެ. ދިއްދޫ ކައުންސިލުން ލޮނު އުފެއްދުމުގެ މަސައްކަތައް ބިޑު އުސޫލުން، ޖަޕާނުގެ އަމިއްލަ ކުންފުންޏަކަށް 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފަ އެވެ.
ދިއްދޫ ކައުންަސިލުން މިއަދު ބުނީ އެ ފެކްޓްރީ މިއަދު ހުޅުވާފައިވާ ކަމަށެވެ. އަދި އެ ފެކްޓްރީން ލޮނު އުފައްދަން ވެސް ފަށައިފައިވާ ކަމަށެވެ.
އެ ފެކްޓްރީގައ ދިއްދޫގެ ހަވަރަށް މީހުން މަސައްކަތް ކުރާނެ ކަމަށާއި އެ ޕްރޮޖެކްޓުގެ ސަބަބުން ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000 ރުފިޔާ ލިބޭނެ ކަމަށް އޭނާ އަންދާޒާ ކުރެއްވިއެވެ. އެއީ އަހަރަކަށް 144،000 ރުފިޔާ އެވެ.
ދިއްދޫގައި އުފައްދާ ލޮނު ބޭރު ކުރާނީ ޖަޕާނަށާއި ރާއްޖޭގެ ޓޫރިސްޓު ރިޒޯޓުތަކަށެވެ.
އެ ލޮނަށް ދީފައިވާ ނަމަކީ، 'ޓެންޕީ ސަން ސޯލްޓް' އެވެ.