ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެމަނިކުފާނުގެ އުފަން ރަށް — ލ. ފޮނަދޫގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރައްވައިފި އެވެ.
އަބްދުއްރަހީމު ފޮނަދޫއަށް ވަޑައިގެން ހުންނެވި ހަފްތާ ބަންދަށެވެ.
އަބްދުއްރަހީމް އިމާމުވެ ހުކުރު ކުރެއްވީ އެމަނިކުފާނުގެ ކޮއްކޮ އަބްދުލް ކަރީމް އަބްދުالله އިމާމުކަން ކުރައްވަމުން ގެންދަވާ ފޮނަދޫ މަސްޖިދުލް ޢުލާ އެވެ.
އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ނަސްރުގެ މައްސަރު" އެވެ.
އިމާމުވެ ހުކުރު ކުރެއްވުމުގެ ހުއްދަ އޮންނަ އަބްދުއްރަހީމް ރައްޔިތޔުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިންވެސް އިމާމުވެ ނަމާދު ކުރައްވަމުން ގެންދެވި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން މިއަދު ނޫނީ އިމާމުވެ ހުކުރު ނުކުރައްވާ ކަމަށް އެނގިފައިވެ އެވެ.