ރާއީއާއި މޫކޭ ފުލުހަށް ހާޒިރުކުރަނީ

ރާއީއާއި މޫކޭ ފުލުހަށް ހާޒިރުކުރަނީ

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ހިންގަމުންދާ މުޒާހަރާގެ ތެރެއިން އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާއީއާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ރާއީއަށް ފުލުހުން ފޮނުވި ޗިޓުގައި ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 1 ޖަހާއިރަށެވެ. މޫކޭއަށް ފޮނުވި ޗިޓުގައި ހާޒިރުވާން އެންގީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2 ޖަހާއިރަށެވެ.

ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުން، އެ މީހުނަށް ކުރާ ތުހުމަތަކީ އާންމު ދަތުރުފަތުރާއި ވިޔަފާރިއަށް ދަތިވާނެ ގޮތަށް މާލެ މަގުމައްޗަށް އެއްވެ ފުލުހުންގެ މަސައްކަތަށް ވެސް ހުރަސް އެޅުމެވެ.

އިދިކޮޅު އެމްޑީޕީން މި ފަހުން މުޒާހަރާކުރަމުން ދަނީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލާފައިވާ ކަމަށް ބުނެ، ބާރުތައް އެއްކޮށްފައިވާ ކަމަށް ކިޔައިގެނެވެ.

މީގެ އިތުރަށް ކުރީގެ ސަރުކާރުން ފްލެޓް ދޭން އެކުލަވާލި ލިސްޓުން މި ސަރުކާރުން ގިނަ ބަޔަކު އުނިކުރުމުންނާއި ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ވެސް ދެކޮޅު ހަދައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ކޮންމެ ރެޔަކު ދަނީ އަޑު އުފުލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *