އެފްބީއައިގެ ހޮމިސިޑް އެކްސްޕާޓުންގެ ރައުޔު: ޒަކިއްޔާ މަރާލި ކަމަށް ނުބެލެވޭ

އެފްބީއައިގެ ހޮމިސިޑް އެކްސްޕާޓުންގެ ރައުޔު: ޒަކިއްޔާ މަރާލި ކަމަށް ނުބެލެވޭ

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު، ޒަކިއްޔާ މޫސާ މަރާލި ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދިވެހި ފުލުހުންނަށް އަންގައިފި އެވެ.

މަރާލި ކަމަށް ރަށު މީހުން ގަބޫލު ކުރާ ސަބަބަކީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމުންނާއި ފެނުނު ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުންނެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.

ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ނޫން ކަމަށް ވެސް އެ މައްސަލާގައި ބޭއްވި ޕްރެސްގައި ފުލުހުން ބުނެފައިވެ އެވެ.

އެކަމަކު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެފްބީއައިއާ، ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން މީގެ ކުރިން އޮތީ ބުނެފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން ހޯމް ފުލުހުންގެ އޮފިސަރު ވިދާޅުވީ އެފްބީއައިއިން ހޯދި ހޯދުންތައް މިދިޔަ ހަފްތާގައި ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

"އެފްބީއައިއިން ނިންމީ މަރާލި ކަމަށް ނޫން ކަމަށް" އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައިނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *