މިފްކޯގެ އާ ސީއީއޯގެ މަގާމަށް ފަރުހަތު

މިފްކޯގެ އާ ސީއީއޯގެ މަގާމަށް ފަރުހަތު

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.

ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް މިއަދު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޮވް މިމަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު މަގާމަށް އައްޔަންކުރި ވިޓާލީ މަގާމުން ވަކިކުރި ވަކި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

މިފްކޯގެ އާ ސީއީއޯ ފަރުހަތު މީގެކުރިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް — އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް ހިންގާ ގުރޫޕްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރެއްވިއިރު އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެ އަނދަވަޅުން އަދިވެސް އަރައިގަނެވޭ ވަރެއް ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *