ފަރުވާގެ ސެންޓަރުން ފިލި ދެ މީހަކު ޑްރަގާ އެކު ހައްޔަރުކޮށްފި

ފަރުވާގެ ސެންޓަރުން ފިލި ދެ މީހަކު ޑްރަގާ އެކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ފަރުވާގެ ފުރުސަތު ދީފައިވަނިކޮށް ފަރުވާއަށް ފިލައިގެން އުޅުނު ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނަކާއި އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 37 އަަހަރުގެ ފިރިހެނެކެވެ.

ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ އެ ދެ މީހުން ފިލައިގެން އުޅުނީ ހުޅުމާލޭގައި ހުންނަ ފަރުވާގެ ސެންޓަރުންނެވެ.

އެ ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. މިދިޔަ އަހަރު ރާއްޖޭގައި އެންމެ ގިނައިން ދައުވާ ކޮށްފައިވަނީވެސް މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *