ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް އިން ވިޔަފާރި ކުރުމަށްފަހު ސައްޙަ ނޫން ސްލިޕް ފޮނުވުމަށްފަހު ފިލައިގެންދިޔަ މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، ފޮޓޯއިން އެ ފެންނަ މީހާ ވަނީ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރި ކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައި ކަމަށާއި، އެކަމާއި ގުޅިގެން ހޯދަން ބޭނުންވެެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީމާ އޭނާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުއްވައި ހިއްސާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.