13 އަހަރުގެ ކުއްޖާ ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި

13 އަހަރުގެ ކުއްޖާ ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި

13 އަހަރުގެ ކުއްޖާ ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި

ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ތެރެއިގައި މިމަހުގެ 23 ވަނަ ދުވަހި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ފިހުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ 13 އަހަރުގެ ކުއްޖެކެވެ. ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ.

ކުއްޖާގެ ހާލު ސްޓޭބަލް ވިޔަސް، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި ހުރުމުން މި ވަގުތު ފަރުވާ ދެމުން އަންނަނީ އެޑްމިޓުކޮށްގެންކަން ވެސް އެނގިފައިވެ އެވެ.

ކުއްޖާއަށް ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ.

ފުލުހުން މިއަދު ބުނީ ކުޑަ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދޭ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު މައުލޫމާތު ލިބުމުން އެ ދުވަހުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ކުއްޖާ ފިހުނު ގޮތް، އެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި ބަލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *