ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް މިއަދު ވަކިކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަން ކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން ފައިސަލް ވަކިކުރެއްވިއިރު، މަގާމުގެ ހައިސިއްޔަތުން އޭނާ ކުރަން ހަމަޖެހިފައިވާ ރަސްމީ ހުރިހާ ދަތުރުތައް ހުއްޓާލަން ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެންގިއެވެ. ފައިސަލްގެ ދަތުރުތައް ހުއްޓުވި ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފައިސަލް މަގާމުން ވަކި ކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލު ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއެވެ. މަގާމުން ފައިސަލް ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ފައިސަލްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *