ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ސަސްޕެންޑްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ނިހާދު ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އޭނާ އެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގެ 23 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަތަކަކާ ގުޅިގެންނެވެ. ނިހާދު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގުތިސޯދު މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ފުނޑާލުމުގެ ގޮތުން އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *