ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިއަކު ރޭޕްކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެގެ ނޮޅިވަރަންފަރުގެ ގެސްޓްހައުސް އަކަށް އައިސް އުޅޭ ސްވިޑެންއަށް ނިސްބަތްވާ އެ އަންހެން ފަތުރުވެރިޔާ ގަދަކަމުން ހިފަހައްޓައި، ރޭޕް ކުރަން އުޅެފައިވަނީ އެ ރަށު ބީޗުގައި އެކަނި އުޅެނިކޮށް އިއްޔެއްގެ ވަގުތެއްގަ އެވެ.
އެކަން ކުރަން އުޅުނު މީހާ ހައްޔަރުކުރީ، އޭނާގެ ކައިރިން ސަލާމަތްވެ، ފަތުރުވެރިޔާ ގެސްޓްހައުސްއަށް އައިސް އެކަން ގެސްޓްހައުސް ހިންގާ ފަރާތަށް ރިޕޯޓް ކުރުމުންކަންވެސް އެނގިފައިވެ އެވެ.
ނޮޅިވަރަންފަރު ކައުންސިލުން ބުނާ ގޮތުން ހައްޔަރުކުރި މީހާއަކީ އެ ރަށަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާގެ ކުށުގެ ރެކޯޑެއް އޮންނަ ކަމެއް އެނގިފައި ނެތް ކަމަށްވެސް ބުންޏެވެ.