ކުއްލި ހާލަތަށް ތައްޔާރުވުމަށް ތިން ސަރަހަދެއްގައި ބެކަޕަށް ވެލި ލޮރީތައް ބާއްވައިފި

ކުއްލި ހާލަތަށް ތައްޔާރުވުމަށް ތިން ސަރަހަދެއްގައި ބެކަޕަށް ވެލި ލޮރީތައް ބާއްވައިފި

މި ދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ގޮތުން ތިން ސަރަހަދެއްގައި ބެކަޕް ވެލި ލޮރީތަކެއް ބާއްވައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީސަލްމާން މިސްކިތް ކައިރީގައި 260 ބަސްތާއާއެކު ލޮރީއެއް، ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި 200 ބަސްތާއާއެކު ލޮރީއެއް، އަދި ސޯޝަލް ސެންޓަރު ސަރަހައްދުގައި 200 ބަސްތާއާއެކު ލޮރީއެއް ބާއްވާފައިވާނެ ކަމަށެވެ.

”މި ސްޓޭޝަންތަކުން ރައްޔިތުންނަށް ވެލިބަސްތާ ފޯރުކޮށްދިނުމުގެ އިތުރުން އެހީތެރިކަމަށް ބޭނުންވާ ފަރާތްކަށް ވެލިބަސްތާ ފޯރުކޮށްދިނުމަށް 2 މޯބައިލް ޓީމް ހަރަކާތްތެރިވަމުންދާނެ، އަދި ހާލަތަށް ރިއާޔަތްކޮށް މޯބައިލް ޓީމްތަކުގެ އަދަދު އިތުރު ކުރެވޭނެ“ އެމްއެންޑީއެފުން ބުންޏެވެ.

ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގަދަވަޔާއެކު ކަނޑު ގަދަވާނެކަމަށާއި އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކޮށްފައިވާތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *