Brazil's forward Luiz Henrique (R) shoots and scores his team's second goal during the 2026 FIFA World Cup South American qualifying football match between Chile and Brazil, at the National stadium in Santiago, on Thursday. (AFP)

ވޯލްޑްކަޕް ކޮލިފައިންގ: ފަހު މިނެޓުގައި ޗިލީ އަތުން ބްރެޒިލް މޮޅުވެއްޖެ

ވޯލްޑްކަޕް ކޮލިފައިންގ: ފަހު މިނެޓުގައި ޗިލީ އަތުން ބްރެޒިލް މޮޅުވެއްޖެ

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ މުބާރާތުގައި ބްރެޒިލް ވަނީ ޗިލީގެ ދަނޑުގައި ކުޅުނު މެޗެއްގައި 2-1 އިން މޮޅުވެފައެވެ. މި މޮޅު ބްރެޒިލަށް ހޯދައިދިނީ މެޗުގެ 89 ވަނަ މިނެޓުގައި ލުއިޒް ހެންރިކް ވައްދާލި ލަނޑުންނެވެ.

މި މެޗަކީ ބްރެޒިލަށް ވަރަށް މުހިންމު މެޗެކެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ މި މެޗާއެކު ދެ މެޗުގައެވެ. އަދި ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗަކީވެސް މިއެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގައި ޗިލީއިން ލީޑު ނެގި ނަމަވެސް، ބްރެޒިލްގެ ކުޅުންތެރިން ހިތްވަރު ދޫނުކޮށް ކުޅުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީގޯ ޖީސަސް މެޗު އެއްވަރުކުރިއެވެ. މިއީ ޖީސަސް ގައުމީ ޓީމަށް ޖެހި ފުރަތަމަ ލަނޑެވެ.

ބްރެޒިލްގެ މި މޮޅުގައި ޚާއްޞަކޮށް ފާހަގަކޮށްލެވެނީ އެ ޓީމުގެ ގިނަ މުހިންމު ކުޅުންތެރިން ނެތި ވެސް ހޯދި ކާމިޔާބީއެވެ. ނޭމާ، އެލިސަން ބެކާ އަދި ވިނީޝިއުސް ޖޫނިއާ ފަދަ ތަރިން ނެތި ވެސް، ބްރެޒިލްގެ ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަކުން މި މޮޅު ހޯދީއެވެ.

މި މޮޅާއެކު ބްރެޒިލް ވަނީ ނުވަ މެޗުން 13 ޕޮއިންޓް ހޯދައި، ތާވަލުގެ ހަތަރުވަނައަށް އަރާފައެވެ. މިއީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު އާކޮށްދިން މޮޅެކެވެ. އަދި މި މޮޅަކީ އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމަށް އިތުރު ފޯރި ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *