ހުޅުމާލެ ފޭސް ދޭކުން ސިނާއީ ބޭނުން ތަކަށް ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލެ ފޭސް ދޭކުން ސިނާއީ ބޭނުން ތަކަށް ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލެ ފޭސް ދޭކުން ސިނާއީ ބޭނުމަށް ބިން ވިއްކުމަށްޓަކައި ބިޑު ހުށަހަޅަން ހުޅުވާލައިފިއެވެ.

އެކަމަށް ހުޅުވާލުމުގެ ގޮތުން އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފޭސް ދޭކުން ބީލަމުގެ އުސޫލުން ސިިނާއީ ބޭނުން ތަކަށް، އިންޓަގްރޭޓެޑް ހަބްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅާފައިިިވާ ސަރަހައްދުން ބިން ވިއްކަން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތަށް ބިން ވިއްކަން ނިންމާފައިވަނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ.  އަދި ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނި ތަކަށް ކަމަަަށްވެސް ބުނެފައިވެއެވެ.

ބީލަަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާއިން ކަމަށާއި، ކޮންމެ ފަރާތަކަށް ގަނެެވޭނީ ގިނަވެގެން ތިން ބިން ކަމަށްވެސް ބުނެފައިވެއެވެ.

ބިން ތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށާއި، ބީލަމުގެ އުސޫލުން ބިން ގަތުމަށް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަންވެސް އެދިފައިވެއެވެ. އެއް ފަރާތަކަށް ވުރެ ގިނަ ފަރާތުން އެއް ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ ބިމެއް ވިއްކާނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *