ސަމާލު! އެޕެއް ބޭނުންކޮށް ފޭކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރުން އިތުރުވަނީ

ސަމާލު! އެޕެއް ބޭނުންކޮށް ފޭކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރުން އިތުރުވަނީ

އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ބޭންކު ޓްރާންސްފަރގެ ސައްހ ަނޫން ސްލިޕެއް ބޭނުން ކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރު ވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެގޮތަށް އޮޅުވާލައިގެން ބެންކު ޓްރާންސްފާރ ސްލިޕްތައް ފޮނުވާ ފަރާތް ތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ސައްހަނޫން ޓްރާންސްފާރ ސްލިޕް އުފައްދަމުން ދާކަން ފުލުހުންގެ ތަހުގީގު ތަކަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޚާއްސަކޮށް ރެސްޓޯރަންޓްތަކާއި ފިހާރަ ތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން އެފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެން ކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތް ތަކުގައިވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *