އޮމާނުން ރާއްޖެއަށް ބަޖެޓް ސަޕޯޓު ދިނުމަށް އެދިއްޖެ

އޮމާނުން ރާއްޖެއަށް ބަޖެޓް ސަޕޯޓު ދިނުމަށް އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޮމާންގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ އޮމާންގެ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ޙަމަދް ބިން ޙަމޫދް އަލްބުސައިދީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އޮމާންގެ ޚާރިޖީ ވަޒީރާ ޙިއްސާ ކުރައްވާފައެވެ. އަދި އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމާއި ޓީޗަރުން ތަމްރީނު ކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާ ތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމާއި ދެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *