ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް އާމްދަނީ ޓެކްސް ނެގުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެގޮތަށް ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށް ކުރީ މިއަދެވެ.

އެ އިސްލާހުގައިވާ ގޮތުން އެ ފަރާތެއް ނުވަތަ ކުންފުންޏެއް ވިޔަފާރީގެ މުއާމަލާތްކުރަން ބޭނުންކުރާ ފައިސާއަކީ، ރުފިޔާ ފިޔަވާ އެހެން ފައިސާއެއްނަމަ، އެ ފަރާތެއް ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށެވެ. މިއަންނަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިތަކުގެ މާލީ ބަޔާންތައް ވެސް ތައްޔާރުކުރަންވާނީ ޑޮލަރުން ކަމަށް އިސްލާހުގައިވެ އެވެ.

އަދި މާލީ ބަޔާން ރުފިޔާއިން ތައްޔާރުކުރާ ކުންފުނިތަކުން އާމްދަނީ ޓެކްސް މީރާއަށް ދައްކަންޖެހޭނީ ރުފިޔާއިން ނުވަތަ ޑޮލަރުން ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރަށް އަލަށް ގެނައި އިސްލާހުގައި ހިމަނާފައިވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތްހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތްހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކްސް ވެސް ދައްކަން ޖެހޭނީ ޑޮލަރުން ނުވަތަ ރުފިޔާއިންނެވެ.

ނަމަވެސް، އެ ޓެކްސްތައް ދައްކަންޖެހޭ ފަރާތްތަކަށް އާމްދަނީ ލިބޭ ފައިސާއަކީ ދިވެހި ރުފިޔާ ނޫން ފައިސާއެއްކަމަށް ވާނަމަ، އެ ޓެކްސް ދައްކަންޖެހޭނީ ޑޮލަރުންކަމަށް އިސްލާހުގައި ހިމަނައިފައިވެ އެވެ.

ރައީސް އޮފީހުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން ރިޒާމް އިތުރުކުރުމަށް ބައެއް ގާނޫނުތަކަކާއި ގަވާއިދުތަކަށް ބަދަލު ގެންނަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *