ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.