އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ޑީސީޕީ ސައުދީ އައްޔަން ކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ޑީސީޕީ ސައުދީ އައްޔަން ކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދެވި އަބްދުﷲ ޒިޔާދު އެ މަގާމުން ވަކިކުރައްވައިފަ އެވެ. އެނގިފައިވާ ގޮތުގައި ޒިޔާދު އެ މަގާމުން ވަކިކުރެއްވީ އޭނާއަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.

އެމްޓީސީސީއަށް އަލަށް އައްޔަން ކުރެއްވި ސައުދީ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ އެކިއެކި ކަންކަން ބަލަހައްޓަން އުފެއްދި ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައެވެ. އޭނާ ވަނީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *