މަސްތުވާތަކެއްޗާއި ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ލ. އަތޮޅު ގަމުން ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ލ. ގަން، ތުނޑި ވިލެޖު ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ލިބިފައިވާ އިންޓެލިޖަންސް މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ގޭގެ ތެރެއިން 24.42 ގްރާމުގެ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާ އެއްޗަކާއި ބޮގަރު ކަމަށް ޝައް ކުކުރެވޭ ދެ ރުނބަލާއި އަދި ފަސް ލީޓަރު ފުޅިޔަކާއި އަދި ބޮގަރު ކައްކަން ބޭނުން ކުރާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާއި ގުޅިގެން 42 އަހަރުގެ އަދި 57 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ.