މައްލާ ޅަތުއްތު (ވ. ދެވަނައަށް)

ކުރީގެ މަޝްހޫރު ރެފްރީ މައްލާ ޅަތުއްތު އަވަހާރަ ވެއްޖެ

ކުރީގެ މަޝްހޫރު ރެފްރީ މައްލާ ޅަތުއްތު އަވަހާރަ ވެއްޖެ

ކުޅިވަރުގެ ދާއިރާއިން ދިވެހި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަ ވެއްޖެއެވެ.

މިއަހަރު އުމުރުން 76 ފުރޭ މައްލާ އަވަހާރަވި ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. މައްލާ ޅަތުއްތަކީ ރާއްޖޭގައި ފީފާގެ ބެޖު ހޯދި ފުރަތަމަ ރެފްރީއެވެ. 1980 އަހަރުގެ ތަކުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފޯރި އޮތް ޒަމާނުގައި ރާއްޖޭގެ ބޮޑެތި ކުލަބުތައް ބޮޑެތި މުބާރާތްތައް ކުޅެމުންދާއިރު މައްލާއަކީ އޭރުގެ އެއް ނަންބަރު ރެފްރީގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ރެފްރީއެކެވެ. ރެފްރީކަން ކުރުން ހުއްޓާލުމަށްފަހުވެސް ރެފްރީން ތަމްރީނު ކުރުމުގެ މަސައްކަތުގައިވެސް މައްލާ އުޅުއްވިއެވެ.

މައްލާ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙަންމަދު މުއިއްޒު އާއި ސިޔާސީ އެހެން އިސްފަރާތްތަކުގެ އިތުރުން ކުޅިވަރުގެ އާއިލާގެ ގިނަބަޔަކުވެސް ދަނީ މައްލާ ޅަތުއްތުގެ އާއިލާއަށް ތައުޒީޔާ ދަންނަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *