??????

އަންހެންވެރިންގެ ރުޅިގަނޑު ފަޅައިގެން ގޮސް ހުސެންބެއަށް ވަރެއް ކޮށްލައިފި

އަންހެންވެރިންގެ ރުޅިގަނޑު ފަޅައިގެން ގޮސް ހުސެންބެއަށް ވަރެއް ކޮށްލައިފި

ބިދޭސީންނާއި ގުޅުވައި އަނބިންނަކީ ކަންނެތް ބަޔެއް ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު ޙުސައިން ޝަރީފް (ހުސެންބެ) އިއްޔެ މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން ދެ ޖިންސުގެ މީހުން ނުކުމެ މުޅި ސޯޝަލް މީޑިޔާގައި ހުސެންބެއަށް ވަރެއް އަރުވާލައިފިއެވެ.

ހުސެންބެގެ ވާހަކަތަކަށް ގިނައިން ރައްދުދީ ފާޑު ކިޔާފައި ވަނީ އަންހެނުންނެވެ. އަންހެނުންގެ އަގު ވެއްޓޭނެހެން ހުސެންބެ ދެއްކި ވާހަކައާއި ގުޅިގެން ބަޔެއް މީހުން ފަހުން ވަނީ ހުސެންބެގެ އަނބިކަނބަލުންގެ ފޮޓޯވެސް ހޯދައި އެމަފިރިކަނބަލުންނަށްވެސް ފާޑު ކިޔާފައެވެ. އަދި ހުސެންބެ ދެއްކީ ހުސެންބެގެ އަނބިކަނބަލުން ހުސެންބެއަށް ކަންތައް ކުރާ ވާހަކަ ކަމަށްވެސް ބަޔެއް މީހުން ބުނެފައިވެއެވެ.

މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވަނީ 24 ގަޑިއިރު މުޅި ސޯޝަލް މީޑިޔާގައި ދެ ޖިންސުގެ މީހުން ނުކުމެ ހުސެންބެ "ހޭއަރުވާލައިފި" ކަމަށާއި، ދެން ދުވަހަކުވެސް ހުސެންބެ އެކަހަލަ ވާހަކައެއް ދައްކަން ނުކެރޭވަރު ކޮށްލައިފި ކަމަށެވެ.

ހުސެންބެ ދައްކަވަން އުޅުނީ ރާއްޖޭގައި ބިދޭސީން ގިނަވެ، އެމީހުންގެ އުދަނގޫ ފޯރާފައިވާ މިންވަރުގެ ވާހަކައެވެ. ނަމަވެސް ވަކި ހިސާބަކުން ހުސެންބެއަށް ދެއްކުނީ "ނުބައި ވާހަކަ" އެކެވެ. ފިރިންނަށް އަނބިން އަޅާނުލައި، ނުކައްކައި ކަސޯޓީ ބަލަން ތިބެނީ ކަމަށާއި، ހުރިހާ ކަމެއް ކޮށްދެނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.

"ވާހަކަ އަކީ އަޅުގަނޑުމެންގެ ފިރިމީހާ ގެއަށްދާއިރުގަ ފިރިމީހާއަށް ކާއެތިކޮޅު ފޯރުކޮށްދޭން ވެސް މިހާރު ހުންނަނީ ބިދޭސީއެއް. އަދި ކޮންތާކު މީގަ މަޖާތަންކޮޅަކީ ވެސް ހުންނަނީ ވެސް ބިދޭސީ ފިރިހެނެއް. ކައްކަން ވެސް ވަންނަ ހިސާބަކަށް މިކަން ހިނގައްޖެ" ޙުސެންބެ ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި އަންހެނަކު ބުނެފައި ވަނީ މިހާރު ހުސެންބެއަށް އެއްޗެއް ވިސްނޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ދެންވެސް އަންހެނުންނާ ނުބެހި ހުރުމަށް އޭނާ އެދުނެވެ.

"މިފަހަރު އަހަރެމެން ހުސެންބެއަށް މިކޮށްލީ ކުޑަވަރެއް އިނގޭ" އަންހެނަކު ހުސެންބެއަށް ޓެގްކޮށް ބުނެފައިވެއެވެ.

ގިނަބަޔަކު ގަބޫލު ކުރާގޮތުގައި މަޖިލީހުގެ ތަޅުމުގައި ބިދޭސީންގެ އުދަނގުލުގެ ވާހަކަ ދައްކަވަމުން ގޮސް ދިވެހި އަންހެނުންނަށް ނިސްބަތްކޮށް ހުސެންބެ ދެއްކެވީ ވަރަށް ދެރަވަރު ވާހަކަ ތަކެކެވެ. އަދި އެކަމަށްޓަކައި ހުރިހާ އަންހެނުންގެ ކިބައިން ހުސެންބެ މާފަށް އެދުމަކީ ރީތި ގޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *