ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި

ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިނގިރޭސިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ.
ޖަރުމަނުގައި ކުރިއަށް ދިޔަ ފައިނަލް މެޗުގައި ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސްޕެއިންއެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި ހާފުގައި ސްޕެއިން އަށް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.
އިންގްލެންޑުން އެ ޓީމަށް ލިބުނު މަދު ފުރުސަތު ތަކުގައި ހަމަލާއެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް މި ހާފުގައި އިންގްލެންޑަށްވެސް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ސްޕޭން އިން ވަނީ ލީޑު ނަގާފަ އެވެ. ސްޕޭން އަށް ގޯލު ޖަހައިދިނީ ޔަމާލް ނަގައިދިން ރީތި ހުރަހަކުން ނިކޯ ވިލިއަމްސް އެވެ. އެހެންނަމަވެސް އޭގެ ފަހުން އިނގިރޭސިން ގެނައި ބަދަލުތަކަށްފަހު އެޓީމުން ސްޕޭން ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ކޯލް ޕާމާ ވަނީ އިނގިރޭސީންނަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 86 ވަނަ މިނެޓުގައި ސްޕޭން މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުން މިކޭލް އޮޒަޔަބެލް އެވެ. މިއާއެކު ސްޕޭން ވަނީ މުބާރާތުގެ ތަށި 4 ވަނަ ފަހަރަށް އުފުލާލާފަ އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *