މިފްކޯއަށް ދޭ ސަބްސިޑީ އަހަރުމެންނަށްވެސް ދޭން ޖެހޭނެ، ކުލިވެސް ނަގައިގެން ނުވާނެ: ގާސިމް

މިފްކޯއަށް ދޭ ސަބްސިޑީ އަހަރުމެންނަށްވެސް ދޭން ޖެހޭނެ، ކުލިވެސް ނަގައިގެން ނުވާނެ: ގާސިމް

ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ސަބްސިޑީ ދެންޏާ އޭނާގެ ވިޔަފާރިތަކަށްވެސް ސަރުކާރުން ސަބްސިޑީ ދޭންޖެހޭނެ ކަމަށް ޖޭޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، 25 ރުފިޔާއަށް ކިލޯއެއްގެ އަގަށް މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގު، އިއްޔެއިން ފެށިގެން 14 ރުފިޔާއަށް ކުޑަ ކުރުމާ ގުޅިގެން ސަަރުކާރުން އެގޮތަށް ނިންމި ނިންމުމާއި މަސްވެރިންނަށް ޑޮލަރުން ފައިސާ ނުދޭ މައްސަލަ ބަލައިދޭން އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. ގާސިމަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ.

އެ މައްސަލައިގެ ބަހުސަށް ވެދެވަޑައިގެން އެ ޝަމްހީދުގެ ހުށަހެޅުއްވުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިނުގެން ވާހަކަ ދައްކަވުން ގާސިމް ވިދާޅުވީ، މަސްވެރިންނަށް ހިތްވަރުދީ މަސްވެރިކަން ކުރިއަރުވަން ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

"ތިން ހަތަރު ލައްކަ ޑޮލަރަަށް ލިބޭނެ ހައެއްކަ އައިސްޕްލާޓް ބެހެއްޓުމަކުން މަސްވެރިންނަކަށް އެ ހިތްވަރެއް ނުދެވޭ،" ގާސިމް ވިދާޅުވިއެވެ.

މަސްވެރިންނަށް ހިތްވަރުދީ ކަންކަން ފަހި ކޮށްދިނުމުުގެ ބަދަލުގައި ނުއަގުގައި މަސް ގަނެގެން ދުވަހުވެސް މިފްކޯއަށް ފައިދާ ނުލިބޭ ގޮތަށް ސަބްސިޑީ ދެމުން ދިޔައީ ކަމަށްވެސް ވިދާޅުވިއެވެ.  އެކަމާއި ގުޅިގެން އެހެން ސެކްޓަރު ަތަކުގެ މީހުން މައްސަލަަ ޖައްސަމުންދާ ކަަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެހެން ސެކްޓަރުގެ މީހުން މައްސަލަ ޖައްސައޭ ތިމަންނަމެން އަތުން ޓެކްސް ނަގައިގެން ކީއްވެގެންހޭ 17،000 މަސްވެރިންނަށް އެކަނި ސަބްސިޑީ ދެނީ، އެއަޑު އިންތިހާއަށް ގަދަވެއްޖެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މަސްވެރިންނަށް އިތުރު އިނާޔަތްތައް ލިބޭނެ ގޮތަށް ވޭތުވެ ދިޔަ ތިން ސަރުކާރުންވެސް އެ އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކުރި ކަމަކީ ސިޔާސީ ފައިދާ ހޯދުމަށް މިފްކޯއަށް މަސް ކިރުވާ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާއަކީ މަސްވެރިކަމުގެ އިންޑަސްޓްރީއަށް 250 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓު ކޮށްފައިވާ މީހެއް ކަމަށެވެ. ސަރުކާރުގެ އިންވެސްޓްމަންޓު ތަކަށް ވުރެ އޭނާގެ މާންދޫ އާއި ހޯނޑެއްދޫ އާއި ކީކިމިނި ވަރުގަދަވެފައި މޮޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހޯނޑެއްދޫގެ އިންވެސްޓްމަންޓު ނިންމަން ވެގެން 100 މިލިއަން ރުފިޔާގެ ލޯނަކަށް އެދި ސަރުކާރުގައި އާދޭސް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

"ދަރަންޏަށް ފަސް އަހަރު ނޫނީ ހަ އަހަރުގެ ތެރޭގައި ދައްކަން ލޯނެއް ދޭށޭ، ބުނީމައި ޖަވާބުވެސް ނުދިން," ގާސިމް ވިދާޅުވިއެވެ.

އެހެން ކަމުން އޭނާ ވިދާޅުވީ، މިފްކޯއަށް ސަބްސިޑީ ދެންޏާ އޭނާގެ ވިޔަފާރި ތަކަށްވެސް ސަބްސިޑީ ދޭންޖެހޭނެ ކަމަށެވެ. އަދި މިފްކޯއިން ސަރުކާރަށް ކުލި ނުނަގާ ކަމަށާއި، މިފްލޯއިން ކުލި ނުނަގާ ކުއްޔެއް އެހެންވީމާ އޭނާގެ އަތުންވެސް ކުލި ނަގައިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *