އިމްޕޯޓް މުދާ ރާއްޖެއަށް އެތެރެ ކުރުމުގެ އިޖްރައާތު ފުރިހަމަ ނުކޮށް، ވަގަށް ރާއްޖެއަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކާޓަންތަކެއް އަތުލައިގެންފި އެވެ.މޯ
ލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެމްސް)އިން މިއަދު ބުނީ ވަގަށް އެތެރެކުރި އެ ސިގްރޭޓްތައް ހޯދައިފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރެވުނު ހުޅުމާލޭގެ ހަތަރު ތަނަކުން ކަމަށެވެ.
ކަސްޓަމުން ބުނީ އެ ބަލައިފާސް ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން
173 ކާޓަންގެ ސިގިރޭޓު އަތުލައިގެންފައިވާ ކަމަށާއި އެތަކެތީގެ އަގު 1.6 މިލިއަން ރުފިޔާ އަރާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ އެ އިދާރާގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރާ ގޮތަށް ކަމަށެވެ. އެގޮތުގެ މަތިން ލިބޭ މައުލޫމާތަށް ބިނާކޮށް،
ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިން ނަމަވެސް އެ ތަކެތި ގެންދާ ތަނެއް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކަސްޓަމުން ކުރިއަށް ގެންދާ ކަމަށް ކަސްޓަމުން ބުންޏެވެ. އަދި އެގޮތަށް މުދާ ހޯދުމަށްފަހު އެ މުދާތައް ކަސްޓަމްގެ ބެލުމުގެ ދަށަށް ގެންނަ ކަމަށް ކަސްޓަމުން ބުންޏެވެ.
ގަވާއިދާހިލާފަށް އެގޮތަށްމު ދާ އެތެރެކޮށް މުދާ ބޭރުކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ކަސްޓަމުން ބުންޏެވެ.