މުޒާހަރާގައި މިފްކޯއަށް ހުރަސްއަޅާ ދޯނި ފަހަރުން މަސް ގަތުން ސަސްޕެންޑް ކުރާނަން: މިފްކޯ

މުޒާހަރާގައި މިފްކޯއަށް ހުރަސްއަޅާ ދޯނި ފަހަރުން މަސް ގަތުން ސަސްޕެންޑް ކުރާނަން: މިފްކޯ

ކިރުވި މަހަށް ފައިސާ ނުދީގެން އައްއައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުންދާ މުޒާހަރާގައި، އެތަން އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނި ފަހަރުން މިފްކޯއަށް މަސްގަތުން ތިންމަސް ދުވަހަށް ސަސްޕެންޑު ކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވާކަން މިފްކޯއިން ހާމަ ކޮށްފައި ވަނީ މީގެ އިރުކޮޅެއްކުރިން ނެރުު ނޫސްބަޔާނެއްގައެވެ.

އެނޫސް ބަޔާނުގައި މިފްކޯއިން ބުނެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނި ފަހަރު ތަކުން ކުރަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުން ތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށެވެ.

އެހެން ކަމުން އެކަން ހައްލު ކުރުމަށް އެ ކުންފުންޏާއި ކަމާއިގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށްވެސް ބުނެފައިވެއެވެ.

"މިގޮތުން މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުފަދަ، ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން ފާހަގަ ކުރަން،"

ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެހެމަސްވެރިންނަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ ހިތާމަކުރާ ކަމެއްކަމަށެވެ. އެކަމާގުޅިގެން ޤާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށްވެސް ބުނެފައިވެއވެެ.

ނަމަވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށްވެސް ވަނީ ބުނެފައިެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *