ގަދަ 16 އަށްދިޔަ ފުރަތަމަ ޓީމަކަށް ޖަރުމަނުވިލާތް

ގަދަ 16 އަށްދިޔަ ފުރަތަމަ ޓީމަކަށް ޖަރުމަނުވިލާތް

އަމިއްލަ ގައުމުގައި ކުޅެމުން އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގަދަ 16 އިން ޖާގައެއް ޔަގީންކުރި ފުރަތަމަ ޓީމަކަށް ޖަރުމަނު ވެއްޖެ އެވެ.

ހަންގޭރީއާއި ޖަރުމަން ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ޖަރުމަނުން ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. ގުރޫޕް ސްޓޭޖުގެ އެއް މެޗު އޮތްއިރު އެ މެޗު ނުކުޅެ ޖަރުމަނުން މިވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގައުމުގައި ކުޅެގެން ގައުމުގައި ޔޫރޯ ތަށި އުފުލާލުމުގެ ހުވަފެން ދެކެމުން އަންނަ ޖަރުމަނުން އަންނަނީ މި މުބާރާތުގައި ތަފާތު ދައްކަމުންނެވެ.

ޔޫރޯ މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމުގެ ޝަރަފުވެސް އޮތީ ޖަރުމަނު އަތުގަ އެވެ. ޖަރުމަނާ އެކު މި ޝަރަފް ތިން ފަހަރަށް ކާމިޔާބު ކޮށްފައިވަނީ އެޓީމުގެ އެންމެ ވާދަވެރި ސްޕޭން ނެވެ. ހަތަރުވަނަ ފަހަރަށް ތަށި ނެގުމުގެ އަޒުމުގައި މިއަހަރު ނުކުމެ އުޅޭ ޖަރުމަނުން މިވަނީ މިއަހަރުގެ މުބާރާތުގައި އަދި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ޓީމަށްވެސް ވެފަ އެވެ. މިރޭގެ މެޗުން ވިދާލާފައިވަނީ ބާސެލޯނާގެ މެދުތެރޭގައި ކުޅެމުން އަންނަ ޖަރުމަނު ޓީމުގެ ކެޕްޓަން ގުންޑޮގަންއެވެ.

އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. އަދި އޭނާ ވަނީ މިރޭ ޖަރުމަނަށް ވަރަށް ނަލަ ލަނޑެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ. ގުންޑޮގަން އަކީ ހަގީގަތުގައި ޖަރުމަނު ނަސްލުގެ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ތުރުކީ ނަސްލުގެ ޖަރުމަނު ކުޅުންތެރިއެކެވެ. މުބާރާތުގައި ހަންގޭރީ މިވަނީ ބޮޑު ދެބަލިވެ، ހަތަރު އުދަރެސް ފެނުޖެހެން ގާތް ވެފަ އެވެ. މިރޭގެ ތިންވަނަ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މުބާރާތުން ކަޓާނެ ފުރަތަމަ ޓީމަކަށް ހަންގޭރީވުން އެކަށީގެންވެ އެވެ.

މެޗުގެ 22 ވަނަ މިނިޓްގައި ޖަރުމަނުން ލީޑުނެގީ ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ. ޖަރުމަނުން ދެވަނަ ގޯލު ޖެހީ މެޗުގެ 67 ވަނަ މިނިޓް ގައެވެ. މި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން ގުންޑޮގާން އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *