ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ފީފާއިން ބައްސާމް ސަސްޕެންޑް ކޮށްފި

ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ފީފާއިން ބައްސާމް ސަސްޕެންޑް ކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް، ފީފާގެ އެތިކްސް ކޮމިޓީން ނިންމައިފި އެވެ.

އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ، ބައްސާމް ސަސްޕެންޑް ކުރީ 90 ދުވަހަށެވެ.  ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވުނު، ފުޓްބޯޅައިގެ އެކި ބޭފުޅުންނަށް، ފީފާގެ އިންޑަޕެންޑެންޓް އެތިކްސް ކޮމިޓީން، މީގެ ކުރިންވެސް ފުރަތަމަ ސަސްޕެންޑްކޮށްފައި ވަނީ 90 ދުވަހަށެވެ.

އަދި އެއަށް ފަހު އަނެއްކާ ވެސް ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރަމުން ގެންދެ އެވެ. ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ އަދި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް އޮކްޓޯބަރު 2015 ގައި ސަސްޕެންޑް ކުރީ 90 ދުވަހަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *