Soccer Football - Euro 2024 - Group F - Turkey v Georgia - Dortmund BVB Stadion, Dortmund, Germany - June 18, 2024 Turkey's Merih Demiral, Salih Ozcan, Yusuf Yazici and Orkun Kokcu celebrate after the match REUTERS/Bernadett Szabo

ޖޯޖިޔާ ކޮޅަށް ތިން ގޯލު ޖަހައިގެން ތުރުކީގެ ފެށުން ރަނގަޅު ކޮށްފި

ޖޯޖިޔާ ކޮޅަށް ތިން ގޯލު ޖަހައިގެން ތުރުކީގެ ފެށުން ރަނގަޅު ކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި ޖޯޖިއާ އަދި ތުރުކީ ވާދަކުރި މެޗު 1-3 ގެ ނަތީޖާ އަކުން ތުރުކީ ކާމިޔާބުކޮށްފިއެވެ.

ޖޯޖިއާއިން އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު، އެ ޓީމުން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ޖެހި ފުރަތަމަ ގޯލުވެސް މި މެޗުގައި ކާމިޔާބުކޮށްފައެވެ. ތުރުކީއާއި ދެކޮޅަށް ކުޅުނު މި މެޗުގައި ޖޯޖިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ތުރުކީއަށް މި މެޗަކީ ފަސޭހަ މެޗެއް ނޫނޭވެ. މެޗުގައި ގިނަ ހަމަލާތަކެއް ތުރުކީގެ ފަރާތުން ފެނިގެން ދިޔައިރު ޖޯޖިއާގެ ޑިފެންސުން ވަނީ ތުރުކީގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ ތުރުކީންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޖޯޖިއާގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ފޮނުވާލި ބާރު ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ތުރުކީއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖ.18 މާޓް މުލްޑުރު އެވެ. މި ގޯލަށް ފަހުވެސް ތުރުކީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ތުރުކީގެ ކެނަން ޔިލްޑިސް ބޯޅަ ފޮނުވާލިއިރު އޮފްސައިޑްގައި ހުރުމުން އެ ގޯލު ވަނީ ބަލައިނުގަނެފައެވެ.

ތުރުކީއިން ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައިވަނިކޮށް ޖޯޖިއާއިން އެ ޓީމު ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ގޯލު ވަނީ ތުރުކީގެ ކޮޅަށް ވައްދާލާފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޖޯޖިއާ އަށް މި ގޯލު ކާމިޔާބު ކޮށްދީފައި ވަނީ ޖޯޖެސް މަކައުޓަޑްޒޭ އެވެ. މި އާއި އެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ތުރުކީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ތުރުކީގެ ކާން އައިހަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އަރްދާ ގުލާއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ޖޯޖިއާ އަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެެހެން ނަމަވެސް މެޗުގެ ފަހުވަގުތު ތުރުކީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. ތުރުކީގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޯޅަ ހޯދައިގެންގޮސް ޖޯޖިއާގެ ގޯލަށްވައްދާލައިގެން މި ގޯލު ތުރުކީއަށް ކާމިޔާބުކޮށްދިނީ ކެރެމް އަކްތުރުކޮގްލޫ އެވެ. މިއާއި އެކު މެޗު ނިމިގެން ދިޔައީ 1-3ގެ ނަތީޖާ އަކުން ތުރުކީ މެޗު ކާމިޔާބު ކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *