ބަރަހަނާ ދެމީހުންނާއެކު، ހަށިވިއްކި ދެ އަންހެނުން ހައްޔަރު ކޮށްފި

ބަރަހަނާ ދެމީހުންނާއެކު، ހަށިވިއްކި ދެ އަންހެނުން ހައްޔަރު ކޮށްފި

ގެއެއްގައި ހަށިވިއްކަން އުޅުނު ކަމުގެ ކުށުގައި ބިދޭސީ ދެ އަންހެނުން ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ، ސެލޫނެއްގައި މަސައްކަތް ކުރަމުން ދިޔަ ތައިލެޑުގެ ދެ އަންހެނުންނެވެ. އޭގެ ތެރެއިން މިސްވަންތަނާ ނިޔޮމް ނަމަކަށްކިޔާ މީހާގެ އުމުރަކީ 22 އަހަރެވެ. އަދި މިސް ނަލިންރަޓް ކޮސޮލް ކިޔާ މީހާގެ އުމުރަކީ 39 އެކެވެ.

މި ދެމީހުން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެއިން ކޮންމެ މީހަކު 15 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.

ކޯޓަށް ފުލުހުން ހުށަހެޅި ރިޕޯޓުގައި ވަނީ، ހައްޔަރު ކުރި ދެމީހުންނާ ބެހޭގޮތުން، އެމީހުން މަސައްކަތްކުރާ ސެލޫންގައި ހަށިވިއްކުމުގެ އަމަލުތައް ހިންގާފައިވާ ހެކިތައް ހުށަހަޅައިފައެވެ.

މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން ސެލޫން ބަލައި ފާސް ކުރިއިރު ބަރަހަނާ ހާލުގައި ތިބި ދެމީހުން ފެނުނު ކަމަށާއި، ޖިންސީ އަމަލު ހިންގަން ބޭނުންކުރާ އާލާތްތައް އެތަނުން ފެނުނު ކަމަށްވެސް ފުލުހުންގެ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ނަމަވެސް ބަރަހަނާ ހާލުގައި އަތުލައިގަތް މީހުންނާ ބެހޭ މައުލޫމާތެއް އަދި ލިބިފައެެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *