ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާއި މިނިސްޓަރު ޒަމީރު ބައްދަލު ކުރެއްވުން. ފޮޓޯ: ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

ލަންކާގައި ދިރިއުޅޭ ދޮށީ އުމުރުގެ ދިވެހިންނަށް ޕާމަނެންޓް ރެސިޑެންސް ދިނުމަށް އެދިއްޖެ

ލަންކާގައި ދިރިއުޅޭ ދޮށީ އުމުރުގެ ދިވެހިންނަށް ޕާމަނެންޓް ރެސިޑެންސް ދިނުމަށް އެދިއްޖެ

ސްރި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، ދޮށީ އުމުރުގެ މީހުންނަށް އެ ގައުމުގެ ޕާމަނެންޓް ރެސިޑެންސް ދިނުމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެދިވަޑައިގެންފިއެވެ.

ޒަމީރު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު ވަނީ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރި ކަންކަމުގެ މައުލޫމާތު ދިވެހި ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް، ލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޒަމީރު ވަނީ ލަންކާގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ޕާމަނެންޓް ރެޒިޑެންސީ ދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރާއްޖެ އާއި ލަންކާއާއި ދެމެދު ވިސާގެ ކަންކަން މިހާރަށްވުރެ ލުއި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޑެއިލީ މިރާއިން ރިޕޯޓު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *