ފުލުހަކު މަރާލާނެ ކަމަށް ބުނި ކުއްޖަކު 18 އަހަރު ނުފުރޭތީ ނަސޭހަތް ދިނުމަށް ފަހު ބެލެނިވެރިޔާއާ ހަވާލުކޮށްފި

ފުލުހަކު މަރާލާނެ ކަމަށް ބުނި ކުއްޖަކު 18 އަހަރު ނުފުރޭތީ ނަސޭހަތް ދިނުމަށް ފަހު ބެލެނިވެރިޔާއާ ހަވާލުކޮށްފި

ކ. ގުރައިދޫގައި ފުލުހަކު މަރާލާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރުދިން ކުއްޖަކަށް ބެލެނިވެރިޔާގެ ހާޒިރުގައި ނަސޭހަތް ދިނުމަށްފަހު ބެލެނިވެރިޔާއާ ހަވާލު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ ކުއްޖެ އުމުރަކީ 17 އަހަރު ކަމަށެވެ. ފުލުހުން އެ ކުއްޖާ މައުލޫމާތު ސާފު ކުރަން ހުއްޓުވުމުން ވަނީ ފުލުހުންނަށް އިންޒާރު ދީފައި ކަމަށެވެ. މި މަންޒަރު ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައިވެސް ދަނީ ދައުރު ވަމުންނެވެ.

ބެލެނިވެރިޔާ ހާޒިރުގައި ނަސޭހަތް ދިނުމަށްފަހު ފޮނުވާލީ އެއީ 17 އަހަރުގެ ކުއްޖަކަށް ވުމުން ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެ ސޮރަށް 18 އަހަރު ނުވެގެން ކީއްބާ ނުކުރަނީ. ހުރިހާ ނުބައި ނުލަފާ ކަމެއް ކުރޭ. ވީޑިޔޯގަވެސް އެހެރީ އެސޮރު ކިޔާ އެއްޗެހި. މީނަގެ ބެލެނިވެރިން ހަވާލުވީ ކީއްކުރަން. ބލއއ

Leave a Reply

Your email address will not be published. Required fields are marked *