ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ފެއާރގެ ތެރެއިން

ސައުދީ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަނީ

ސައުދީ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަނީ

ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ރިޔާދު ޓްރެވަލް ފެއަރގައި ބައިވެރިވެ، ރާއްޖޭގެ ފަތުުރުވެރިކަމުގެ ސިނާއަތު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީއިން ބުނީ، ރިޔާދު ޓްރެވަލް ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން ސައުދީ މާރކެޓްގައި ޕްރޮމޯޓްކޮށް، ސައުދީ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މި ފެއާރގައި ގާއިމު ކޮށްފައިވާ ސްޓޭންޑު ތަކުން ރާއްޖޭގެ ފަތުުރުވެރިކަމާއި ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމުގެ އިތުރުން ސޯޝަލް މީޑިޔާ ކޮންޓެސްޓެއް ކުރިޔަށް ގެންދާކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. ރާއްޖޭގެ ސްޓޭންޑުން ދިވެހި ކެއުން ތަކުގެ ރަހަ ބަލާލުމުގެ ފުުރުސަތުވެސް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެމުން އަންނައިރު، ދިވެހިވަންތަ ގިވް އަވޭތައްވެސް ދަނީ ދެމުންނެެވެ.

އެމްއެމްޕީއާރްސީން ބުނީ، މި ފެއާރގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާރކެޓްގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރި ކަމުގެ ޕްރޮޑަކްޓްތަކާއި، ރިސޯޓް، ހޮޓެލް އަދި ގެސްޓް ހައުސް ވިޔަފާރިން ފަތުރުވެރިންނަށް ލިބޭ ގިނަގުނަ ޚިދުމަތްތައް އިޝްތިހާރު ކުރަމުން އަންނަކަމަށެވެ. އަދި، ފެއަރގައި ބައިވެރިވާ އެހެން ގައުމު ތަކުގެ ބައިވެރިންނާއި ބައްދަލު ކޮށްލުމުގެ ފުރުސަތު ލިބި، މެދުއިރުމަތީގައި ދިވެހި ރާއްޖޭގެ ފަތުުރުވެރިކަމާއި ފަތުުރުވެރިކަމުގެ ޕްރޮޑަކްޓް ތަކަށް މާކެޓްކޮށް، އަރަބި ގައުމު ތަކުގެ މީހުން ޝައުގުވެރި ކުރުމުގެ ފުރުސަތު ފެއާގެ ތެރެއިން ލިބެމުން ދާކަމަށްވެސް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.

ރިޔާދު ޓްރެވެލް ފެއާގައި ދުނިޔޭގެ 32 ގައުމަކުން 25 އެގްޒިބިޓަރުންނާއި، ދުނިޔޭގެ 18 ގައުމެއްގެ ޓޫރިޒަމް ބޯޑަކުން ބައިވެރިވެފައި ވެއެވެ. މި ފެއާގައި ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާގެ 9 ކުންފުންޏަކުން 17 މަންދޫބުން ބައިވެރިވެ ދަނީ ރާއްޖެ ތަމްސީލު ކުރަމުންނެވެ. މީގެތެރޭގައި ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވެލް އެޖެންޓުންނާއި، ފަތުރުވެރިކަމުގެ އެހެނިހެން ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.

މިމަހުގެ 27 ގައި ފެއާރގެ ހަރަކާތްތައް ފަށާފައިވާއިރު، މިއަދު މިއީ ފެއާގެ އެންމެ ފަހު ދުވަހެވެ. ރިޔާދު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަންގައި ކުރިޔަށްދާ މި ފެއާރއަށް މިހާތަނަށް 23783 މީހުން ޒިޔާރަތްކޮށްފައިވާކަމަށް ފެއާ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ރިޔާދު ޓްރެވެލް ފެއާއަކީ، މެދުއިިރުމަތީގައި ބާއްވަމުން އަންނަ އެންމެ މަގުބޫލު ޓްރެވެލް އެންޑް ޓުއަރިޒަމް ފެއާއެވެ. އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މި ފެއާއަކީ ފަތުުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓްކޮށް، މި ދާއިރާގެ ވިޔަފާރިތަކަށް އެއްތާކުން ބައްދަލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވަމުން އަންނަ ފެއާއެކެވެ. މިއަހަރުގެ ފެއާއަކީ، މިގޮތުން ބާއްވާ 14 ވަނަ ފެއާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *