ސަމާލުވޭ! ހެރޮއިންއަށްވުރެވެސް އެތައް ގުނައެއް ނުރައްކާ ޑްރަގެއް އެބަ ދައުރުވޭ

ސަމާލުވޭ! ހެރޮއިންއަށްވުރެވެސް އެތައް ގުނައެއް ނުރައްކާ ޑްރަގެއް އެބަ ދައުރުވޭ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންްއަށް ވުރެވެސް ބާރުގަދަ އަދި ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ނުވަތަ އާންމުނަމުން ނަމަ، "ޗައިނާ ވައިޓް" ދައުރުވަމުންދާ މިންވަރު އިތުރުވެފައި ވާތީ ސަމާލުވުމަށް ހޯމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބައިނަލްއަގުވާމީ މާކެޓުގައި ފުޅާ ދާއިރާއެއްގައި ފެންޓަނީލް ލޭސްޑް ޑްރަގްސް އުފައްދައި އެ ދައުރު ކުރަމުންދާ ކަމަށެވެ.  ފެންޓަނީލް ލޭސްޑް ޑްރަގްއަކީ ބާރުގަދަ ކެމިކަލް ތަކެއް އެއްކޮށްގެން އުފައްދާ އެއްޗެއް ކަމަށާއި ފެންޓަނީލް ލޭސްޑް ޑުރަގް ބޭނުން ކުރުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެސް ވެދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މަސްތުވާތަކެތީގެ ބާވަތް ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ އަޅަންޖެހޭ ފިޔަވަޅުތަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއެމްއޭ) އާއި ކަމާގުޅުން ހުރި މުއައްސަސާތައް ގުޅިގެން ކުރަމުންދާ މިނިސްޓްރީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *