ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިމަހުގެ 31 ގައި ފުރާނެ

ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިމަހުގެ 31 ގައި ފުރާނެ

ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމަށް ދާ މީހުންގެ އިންތިޒާމްތަކާ ތައްޔާރީތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި، ފުރަތަމަ ފްލައިޓް މިމަހުގެ 31 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު  ޝަހީމް އަލީ  ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުންނަށް ބޭނުންވާ ޚިދުމަތް ދިނުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަމާއި ތައްޔާރީތައް، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިހާރުކޮށް ނިންމާފައިވާ ކަމަށެވެ.

"ހައްޖުވެރިން ފުރުމުގެ އިންތިޒާމް ތަކެއް ވަނީ ފުރިހަމަކުރެވިފަ. މިކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވަނީ މުއައްސަސާތަކާ ގުޅިގެން ކޮށް ނިމިފަ. ފުރަތަމަ ފުލައިޓް ފުރަނީ 31 މެއި 2024 ވާ ހުކުރު ދުވަހު. ފުރުމުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި މުއައްސަސާތަކާ ވަނީ މަޝްވަރާކޮށްފަ" ޝަހީމް ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށަ ދޫކޮށްފައިވާ ހުރިހާ ހައްޖު ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެކުރިން ނިންމަަައިފައެވެ.

މިނިސްޓަރީން ބުނެފައި ވަނީ އެކަން އެގޮތަށް ކުރީ ހައްޖު ކޯޓާގެ ތެރެއިން 50 ކޯޓާގައި  ސަރުކާރުގެ ހަރަދުގައި ނިކަމެތިންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 15 ވަނަ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *