ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

އުމުރުން 39 އަހަރު ވެފައިވާ އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މަޝްހޫރު ފޯވަޑް ސުނިލް ޗެތްރީ އަންނަ ޖޫން މަހުން ފެށިގެން އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނު ކޮށްފިއެވެ.

ސާކުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ހަލުވި ފޯވަޑު، ގައުމީ ޓީމަށް އަލްވަދާއު ކިޔާނީ އަންނަ ޖޫން މަހު ކުވޭތާއި އިންޑިޔާ ބައްދަލު ކުރާ މެޗަށް ފަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގ މެޗެކެވެ. އެ މެޗު ވެގެންދާނީ އިންޑިޔާގެ ގައުމީ ޖޯޒީގައި ރަސްމީކޮށް އޭނާ ފެންނާނެ އެންމެ ފަހު މެޗަށެވެ.

ޗެތުރީ ވަނީ ކުވޭތު އަތުން މޮޅުވުމުގެ ރޫހުގައި އެންމެން ގުޅިގެން އެ މެޗަށް ނުކުތުމަށް އެދިފައެވެ. އޭނާ ބޭނުން ވަނީ ގައުމީ ޖޯޒީ ބާލާ މެޗަކީ އިންޑިޔާއަށް މޮޅެއް ލިބިގެން ނިންމާލާ މެޗަކަށް ހެދުމެވެ. ޗެތުރީ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއީ ފުޓްބޯޅައިގެ ހަގީގަތް ގަބޫލުކޮށް، ކުޅުން ހުއްޓާލަންވީ ވަގުތު ކަމަށެވެ.

ޗެތްރީއަކީ ބައިޗުން ބުޓިޔާއަށް ފަހު އިންޑިޔާގައި އުފެދުނު އެންމެމޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ 19 އަހަރު ގައުމީ ޓީމަށް ކުޅެ، ގައުމީ ޓީމަށް 94 ގޯލު ޖަހައިދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *