ހުޅުމާލޭ ވެހިކަލެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ ވެހިކަލެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ ވެހިކަލެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް އެކެއްގެ ސަހަރާ ކުރިމަތީ މަގުމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮއްވާ މިއަދު ފެނިގެން އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެއެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިންވެސް މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *