1.9 މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި

1.9 މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި

ޕްރައިވެޓް ކުންފުންޏަކުން 1.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަން ފަށައި އެ މައްސަލައިގެ ތުހުމަތަށް ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ކޯޓުގައި ބުނީ އެ މީހާއެކު އިތުރު ބަޔަކު އެ ވައްކަމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެގޮތުން ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވަނީ ކޯޓަށް ހާޒިރުކުރި މީހާގެ އަތަށް ދަބަހެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.

ދަބަހާ ހަވާލު ވުމަށްފަހު ކޯޓަށް ހާޒިރުކުރި ފަރާތުން ވަނީ އެ ދަބަސް ހިފައިގެން ގެއަށް ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ކޯޓަށް ހާޒިރުކުރި ފަރާތުން ވަނީ ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ދުއްވި ސައިކަލް ކުއްޔަށް ނެގުމުގައި ވެސް ބައިވެރިވެފައި ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *