17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލް ކޮންޓްރޯލުނުވެ، ވެއްޓި ހާލު ގޯސް ވެއްޖެ

17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލް ކޮންޓްރޯލުނުވެ، ވެއްޓި ހާލު ގޯސް ވެއްޖެ

އއ. އުކުޅަހުގައި ހިނގި އެކްސިޑެއްޓެއްގައި 17 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު 14:30 ހާއިރު، އުކުޅަހުގެ ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ، ވެއްޓި ސައިކަލް ދުއްވަންއިން 17 އަހަރުގެ ކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ކުއްޖާއަށް އުކުޅަސް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *