މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް

ރާއްޖޭގައި އޮޕަރޭޓް ކުރަމުން ދިޔަ ފަސް ޑްރަގް ކާޓަލެއް ބަންދު ކޮށްފިން: ފުލުހުން

ރާއްޖޭގައި އޮޕަރޭޓް ކުރަމުން ދިޔަ ފަސް ޑްރަގް ކާޓަލެއް ބަންދު ކޮށްފިން: ފުލުހުން

ރާއްޖޭގައި އޮޕަރޭޓް ކުރަމުން ދިޔަ ފަސް ޑްރަގް ކާޓަލެއް ބަންދުކޮށް، 19 ކިލޯގެ މަސްތުވާ ތަކެތި އަތުލައި ގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސާސާ ތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އަހުމަދު ނާފިޒު ވިދާޅުވީ، ފަސް ކާޓަލްގެ ތެރެއިން ދެ ކާޓަލް ބަންދު ކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަތުލައިގަތް މަސްތުވާ ތަކެތީގެ އަގަކީ 104.5 މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 3،686 މީހުން ބަލައި ފާސްކޮށް، 260 ދިވެހިން އަދި 16 ބިދޭސީން މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ހުރި 61 ދިވެހިންނާއި 55 ބިދޭސީންވެސް މިއަހަރުގެ މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާއި ގުޅޭ 257 މައްސަލައެއް ތަހުގީގުކޮށް 95 މައްސަލައެއް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *