މަދީނާގައި ކިޔަވާ ދިވެހި ކުދިންނާ ރައީސް ބައްދަލު ކުރައްވައިފި

މަދީނާގައި ކިޔަވާ ދިވެހި ކުދިންނާ ރައީސް ބައްދަލު ކުރައްވައިފި

މަދީނާގައި ތައުލީމު ޙާޞިލް ކުރަމުންދާ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން ކުރިއަށް ދިޔައީ މަދީނާގައެވެ.

މަދީނާގައި ތައުލީމު ޙާޞިލް ކުރަމުންދާ 24 ދަރިވަރުން ބައިވެރިވި މި ބައްދަލު ކުރެއްވުމުގައި އެ ދަރިވަރުންވަނީ އެކުދިން ބޭނުންވާ ކަންކަމާއި, އެކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވާފައެވެ.

މިއަދު ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަރިވަރުން ފާހަގަ ކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މެހެމާންދާރީގައި، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *