ޓެކްސް ކޮމިޝަނަރަކަށް ކަމަށް ޒަރީރު އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި

ޓެކްސް ކޮމިޝަނަރަކަށް ކަމަށް ޒަރީރު އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި

ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަން ހުޅުމާލެ ފްލެޓް/ ހަސަން ޒަރީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސް ކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.

ރައީސް މުއިއްްޒު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ލިސްޓުގެ ކުރީގައި ހިމެނިވަޑައިގަންނަވަނީ ގއ. ވިލިނގިލި/ ވައިޖެހޭގެ، ޔަޒީދު މުހައްމަދުގެ ނަމެވެ. ޒަރީރުގެ ނަން ހިމަނުއްވާފައި ވަނީ ދެވަނަ އަށެވެ. ޔަޒީދަކީ މީގެކުރިންވެސް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ހަސަން ޒަރީރު ވަނީ ޑެޕިއުޓީގެ މަގާމު އަދާކުރައްވައިފައެވެ.

އިގްތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަ ވުމުގައި މި ދެބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، އެ ބޭފުޅުންނަށް ކޮމިޓީން ރުހުންދޭން ފެންނަ ކަމަށް ނެގި ވޯޓުގައި މި މަގާމަށް ޔަޒީދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ނަމަވެސް ޒަރީރަށް ރުހުން ދޭން ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.

ޒަރީރު މިހާރުވެސް ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *