ރައީސްގެ ތައުޒިޔާގެ މެސެޖެއް ޔޫއޭއީގެ ރައީސަށް

ރައީސްގެ ތައުޒިޔާގެ މެސެޖެއް ޔޫއޭއީގެ ރައީސަށް

ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަޤާމު ތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އިއްޔެ އަވަހަރާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އުމުރުފުޅުން 82 އަހަރުގައި އަވަހާރަވި ޝައިހް ތަހްނޫނަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ. އެމަނިކުފާނު ފާހަގަވެފައިވަނީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ޝައިހް ޒައިދުގެ ޒައާމަތުގައި ޝައިހް ތަހްނޫން ވަނީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެ  ޒަައާމަތަށްފަހުވެސް ޔޫއޭއީ ސަރުކާރުގެ އިސް މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

ޝައިހް ތަހްނޫން ކައިވެނި ބައްލަވައިގަތީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ކޮއްކޯފުޅަކާއެވެ. އަދި އަވަހާރަވިއިރު 10 ފިރިހެން ބޭފުޅުން ދުނިޔޭގެ އެބަތިއްބެވިއެވެ. ޝައިހް ތަހްނޫން އަވަހާރަވުމާއި ކުރިއަށް އޮތް 7 ދުވަހަކީ ޤައުމީ ހިތާމައިގެ 7 ދުވަހުގެ ގޮތުގައި ޔޫއޭއީ ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *