އިންޒާރު- "އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދު ބޭނުން ނުކުރޭ!

އިންޒާރު- "އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދު ބޭނުން ނުކުރޭ!

ނުރައްކާތެރި ކެމިކަލްގެ ބާވަތް ތަކެއް ހުރުމުން "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެ އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުުނެފައި ވަނީ އިންޑިޔާގެ އުފެއްދުމެއް ކަމަށްވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތް ތަކުގައި "އެތިލިން އޮކްސައިޑް" ހުރިކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އެޖެންސީ އައި ހޮންގ ކޮންގގެ ސެންޓާފޯރ ފުޑް ސޭފްޓީއިން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި އެ ބްރޭންޑްގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ބުނީ އެ ބާވަތް ތަކުގައި ހުރިކަމަށް ބުނާ "އެތިލިން އޮކްސައިޑް"އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުން ތަކުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

"އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑް ތަކުގެ ހަވާދަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުން ކުރަމުން ގެންދާ ހަވާދުގެ ބާވަތް ތަކެއް ކަމަށެވެ. އެހެން ކަމުން ރާއްޖެއަށް އެތެރެކުރާ މި ބްރޭންޑްގެ އުފެއްދުން ތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން ރައްކާތެރި ކަމުގެފިޔަވަޅެއްގެ ގޮތުން "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *