ރައީސް ޑރ މުހަންމަދު މުއިއްޒު މާލީ ޒިންމާތައް އަދާކުރައްވާ ގޮތް ފެނިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙަންމަދު ނަޝީދު، ރައީސަށް ތައުރީފު ކުރައްވައިފިއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒު އެމަނިކުފާނުގެ މާލީ ސިޔާސަތު ހާމަ ކުރައްވައި ދެއްކެވި ވާހަކަފުޅަކަށް ސޯޝަލް މީޑިޔާގައި ކުރެއްވި ކޮމެންޓަކަށެވެ. ރައީސް ނަޝީދު އަދި ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސްއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ތާއީދު ކުރި ފަރާތެކެވެ.
ނަމަވެސް ފަހަކަށް އައިސް ޑިކޮމްރެޓްސްގެ ތެރެއިންވެސް ބަޔެއް ބޭފުޅުން ރައީސަށް ތާއީީދު ކުރައްވާ މަންޒަރު ފެނިގެންދާއިރު، އަނެއްބައި ބޭފުޅުންގެ ފަރާތުން ފެންނަނީ ރައީސަށް ފާޑު ވިދާޅުވާ މަންޒަރެވެ. މިވަގުތު ރައީސް ނަޝީދު ހުންނެވީ ސިޔާސީ މަސްރަހާ ދުރުގައި ގާނާގައެވެ.
ސިޔާސީ މަސްރަޙާ ދުރުގައި ހުންނެވި ނަމަވެސް، އެމަނިކުފާނަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ.
One Response
ރައީސް ނަޝީދު ގާނާގައި އުޅުއްވާތީ ދިވެހިރާއްޖޭގެ ކަންކަން ހިނގާގޮތް މާ ރަނގަޅަށް އެނގިފައި ނޯވެދާނެ. ރައީސް ނަޝީދު ކަންކުރައްވާގޮތުން ޑިމޮކްރެޓްސް ވަނީ ދެބައިވެފައި. އަދި އެއްބައެއް މިހާރު ޑެމްސް ދޫކޮށްލައިފި. މަޖިލީހުން ގޮނޑިއެއް ލިބޭހާ ތާއީދެއްވެސްނެތް. ވަރަށް ދެރަ.